Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ބީއެމްއެލްގެ އޭޓީއެމްއެއް ހިރިލަންދޫގައި ހުޅުވައިފި

ބީއެމްއެލްގެ އޭޓީއެމް އެއް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ތ. ހިރިލަންދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

މިއަދު ހުޅުވި މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

"ސެލްފް ސަރވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވޭކަމީ އަލުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިންގ ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ހިރިލަންދޫގައި ހުޅުވުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ތ. އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވެއެވެ.