ޔޫތު މިނިސްޓްރީން އައްޑޫގެ ފޭދު އާއި މީދޫގައި ހަދަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ.
އަލުން ބީލަމަށްލީ އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ކުރިން އިއުލާންކޮށް، ފަހުން މިދިޔަ މަހުގެ ތެރޭގައި ބާތިލުކޮށްފައި ވަނިކޮށެވެ. އެކަމަކު ކޮމްޕްލެކްސްގެ މަސަައްކަތްތައް ބާތިލުކުރި އިރު، އެ މަސައްކަތްތައް އޮތީ ޓެންޑަ މަރުހަލާގައި ކަމަށް ޔޫތު މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޭދު އާއި މީދޫގެ އިންޑޯ ކޮމްޕްލެކްސް އަލުން ބީލަމަށް ހުޅުވައިލީ ޔޫތު މިނިސްޓްރީން އެދިގެން ކަމަށެވެ. އެ ދެ ރަށާ އެކު އިތުރު ހަ ރަށެއްގެ އިންޑޯ ކޮމްޕްލެކްސް ވެސް ބީލަމަށް ލާފައިވެ އެވެ. އެއީ އއ. އުކުޅަހާއި ފުވައްމަލަކާއި ލ. ގަމާއި ޅ. ނައިފަރާއި ރ. އަލިފުއްޓާއި އެ އަތޮޅު ދުވާފަރެވެ.

ފޭދު އާއި މީދޫގެ އިންޑޯ ކޮމްޕްލެކްސް ބިޑް ސެކިއުރިޓީ އަކީ 60،000ރ. އެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު މިއަދުން ފެށިގެން މި މަހުގެ 24 އާ ހަމައަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މި https://bandeyripay.finance.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ފީ ދެއްކޭނެ އެވެ.
ބީލަން ހުށަހެޅުމާއި ބަލައިގަތު އޮންނާނީ މި މަހުގެ 28 ގަ އެވެ. އިތުރު މައުލޫމާތު 3349102 އަދި 3349147 އިން ހޯދޭނެ އެވެ.