Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ކެމްޕޭނަށް އިންތި ތިލަދުންމައްޗަށް

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް މެމްބަރު އިމްތިޔާޒް ފަހުމީ ތިލަދުންމައްޗަށް ވަޑައިގެންފިއެވެ.

އެގޮތުން އިމްތިޔާޒް މިއަދު ހެނދުނު ވަނީ ހއ. ތަކަންދޫއަށް ވަޑައިގެންފައެވެ. އެ ރަށުން އިމްތިޔާޒަށް ހޫނު މަރުހަބާއެެއް ކިޔާފައިވެއެވެ.

ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކެމްޕޭން ޓީމްތަކާ ބައްދަލުކުރެއްވުމާއި ދިރުން ދޮރަށް ހަރަކާތް ހިންގުމަށް ހަމެޖިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް އިމްތިޔާޒް މީގެކުރިންވަނީ ފުވައްމުލަކުސިޓީ އަށާއި އައްޑޫސިޓީއަށް ވަޑައިގެންފައެވެ.

މި އިންތިހާބުގައި އިމްތިޔާޒާ ވާދަކުރައްވަނީ އިކޮނޮމިިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.