Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

މޯލްޑިވިއަނުން ލަންކާ އަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ގައުމީ އެއާލައިން މޯލްޑިވިއަނުން އަވަށްޓެރި ސްރީލަންކާގެ ކޮލަންބޯ އިންޓަނޭޝަނަލް އެއާޕޯޓް، ރަތަމަލާނާއަށް ދަތުރުތައް ފަށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ ދިވެހިރާއްޖެ އާއި ސިރީލަންކާގެ ކޮލަންބޯ އިންޓަނޭޝަނަލް އެއާޕޯޓް، ރަތުމަލާނާގެ ދަތުރުތައް 27 މާރިޗު 2022ގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ، މިފެށޭ ދަތުރުތަކުން އެތަކެއް ދިވެހީންނަކަށް ލުއިތަކެއް ލިބިގެންދާނެކަމުގައި ގަބޫލުކުރާ ކަމަށެވެ.

ސިރީލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ފުރުތަމަ ދަތުރު ހަމަޖެހިފައިވަނީ 27 މާރިޗު 2022 ގައި ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދީފައިވެއެވެ. އަދި އައިލަންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްއިން 29 މާރިޗު 2022، 31 މާރިޗު 2022 އަދި 03 އޭޕްރިލް 2022 ގެ ދަތުރުތަށް ޝެޑިއުލް ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.