ރާއްޖެއިން މީހުން އުމްރާ އަށް ގެންދިޔުމަށް އިތުރު ހަތަރު ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން އަލަށް ހުއްދަ ދިން ކުންފުނިތަކާ އެކު މިހާރު ޖުމްލަ 41 ކުންފުންޏަކަށް އުމްރާ އަށް މީހުން ގެންދިޔުމުުގެ ހުއްދަ ވަނީ ދީފަ އެވެ.
އުމްރާ އަށް މީހުން ގެންދިއުމަށް ހުއްދަ ދިން އާ ކުންފުނިތަކަކީ:
1- ޒާއިރު ޕްރައިވެޓް ލިމިޓެޑް
2- ރައުޟާ ޕްރައިވެޓް ލިމިޓެޑް
3- އުޙުދު ހައްޖު އެންޑް އުމްރާ
4- އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑް
އިސްލާމިކް މިނިސްޓްރީ އިން އުމްރާ އަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ.
އުމްރާ އަށް މީހުން ގެންދަން ހުއްދަ ލިބޭ ކުންފުނިތަކަށް މީހުން އުމްރާއަށް ގެންދުޔުމުގެ ހުއްދަ ދެ އަހަރު ވަންދެން އޮންނާނެ އެވެ.
އުމްރާ އަށް ކޮންމެ އަހަރަކު ވެސް ރާއްޖޭން ގިނަ ބަޔަކު ސައުދީއަށް ދެ އެވެ.