Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

ފޭދޫ ޕްރައިމަރީ ކެންސަލް ނުކުރަން ނިންމައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގެ ނަތީޖާ ބާތިލު ނުކުރަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީ ކެންސަން ނުކުރަން ނިންމީ އަލްހާން ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު ކަމަށެވެ.

ފޭދޫ ދާއިރާގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޕާޓީން ފޮނުވި ލިސްޓަށް ނޫންކަމަށް ބުނެ އެކަމުގެ މައްސަލަ އަލްހާން ވަނީ ޕާޓީއަށް ހުށަހަޅާފައެވެ. ނަމަވެސް އިންތިހާބާއި ބެހޭ ކޮމެޓީން ބުނީ އެ ކޮމެޓީން ބެލިބެލުމުން ވޯޓްގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ކަމެއް ހިނގާފައިނުވާ ކަމަށެވެ.

ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު އެވެ. ނިހާދު އަށް އެ ދާއިރާ އިން ލިބިވަޑައިގެންފައި ވަނީ 316 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަހުމަދު މިރުޖާދު އަށް ލިބިވަޑައިގަތީ 186 ވޯޓެވެ. އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެ