Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ފެނަކަ އާއި ޔަންގް މެޖެންޓާ ފައިނަލަށް

އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ފައިނަލަށް ޔަންގް މެޖެންޓާ އާއި ފެނަކަ ދަތުރުކޮށްފި އެވެ.

ޔަންގް މެޖެންޓާ ފައިނަލަށް ދަތުރުކުރީ ރޭ ޒެފިޔާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔަންގް މެޖެންޓާ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ.

މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރީ ސެމީގައި ރޭ ޔަންގް ވަންސްއާ ބައްދަލުކުރި މެޗު ޕެނަލްޓީގައި 1-0 އިން މޮޅުވެގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ޕެނަލްޓީގައި ފެނަކަ އިން ޖެހި ދެ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ހަސަލް އަލްފާފް ޖެހި ޕެނަލްޓީ އެވެ. ޔަންގް ވަންސް އިން މި މެޗުގައި ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެޓީމުން ޕެނަލްޓީތައް ޖަހާފައިވަނީ އިބްރާހިމް ފުރުގާން އާއި މުހައްމަދު ގުސައްޔުގެ އިތުރުން ރައީފް ހުސެއިން އެވެ.

ޔަންގް މެޖެންޓާ އާއި ފެނަކަ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ އެވެ.