ސީއެންއެން ޕްލަސްގެ ނަމުގައި ފަށާ ސްޓްރީމިންގެ ހިދުމަތް މި މަހުގެ 29 ގައި ލޯންޗްކުރަން ނިންމައިފި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ މި ހިދުމަތުން ނަގާނެ އަގު ވެސް އިއުލާންކޮށްފަ އެވެ. އެގޮތުން ހިދުމަތް ލޯންޗްކުރުމާ އެކު އެންމެ ފުރަތަމަ ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އަތުން ހަތަރު މަސް ދުވަހަށް ސަބްސްރިބްޝަން ފީއެއްގެ ގޮތުގައި ނަގަން ހަމަޖެހިފައި ވަނީ 2.99 ޑޮލަރެވެ. އެއީ ރަސްމީ އަގުގެ ދެގުނަ ދަށް އަދެދެކެވެ.
ސީއެންއެން ޕްލަސް އިން މަހަކު ރަސްމީ ފީއެއްގެ ގޮތުގައި ނަގަން ހަމަޖައްސާފައި ވަނީ 5.99 ޑޮލަރެވެ. އަދި އަހަރަކަށް 59.99 ޑޮލަރެވެ.
Mark your calendars 📅 https://t.co/76NjtWu15Q
— WarnerMedia (@WarnerMedia) March 11, 2022
ސީއެންއެން ޕްލާސް ލޯންޗްކުރާކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ގަ އެވެ. ސީއެންއެން ޕްލަސް އަކީ މީގެ 41 އަހަރު ކުރިން ވުޖޫދަށް އައި ސީއެންއެން (ކޭބަލް ނިއުސް ނެޓްވޯކް) އާ ވެސް ގުޅުވާލައިގެން ހިންގާނެ އެއްޗެކެވެ. އެކަމަކު ސްޓްރީމިން ޕްލެޓްފޯމުން ލައިވް ޕްރޮގްރާމްތައް ދުވާލެއްގެ މައްޗަށް ގެނެސްދޭނީ 8-12 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.
އެ ނެޓްވޯކް ހިންގާ ވޯނާ މީޑިއާ ނިއުސްގެ ޗެއާމަން އަދި ސީއެންއެން ވޯލްޑްވައިޑްގެ ސްޕޯޓްސް އެންޑް ޕްރެޒިޑެންޓް ޖެފް ޒަކާ ވިދާޅުވީ ގޮތުގައި ސްޓްރީމިން ޕްލެޓްފޯމަކީ ސީއެންއެންގެ ވީޑިއޯ ޚަބަރުތަކަށް ބޮޑު ބަދަލެއް ގެނުވާނެ ހިދުމަތަކަށް ވާނެ އެވެ.
ވޯނާ މީޑިއާ އިން ބުނި ގޮތުގައި ސީއެންއެން ޕްލަސް ލޯންޗްކުރުމަށް ފަހު، އެ ކުންފުނީގެ ދަށުން ހިންގާ ބައެން އެހެން ސްޓްރީމިން ޗެނެލްތައް ސީއެންއެން ޕްލަސްއާ އެކު ބަންޑްލްއެއްގެ ގޮތުގައި ގެނެސްދިނުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން ވޯނާ މީޑިއާގެ އެޗްބީއޯ މެކްސް އަކީ މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ސްޓްރީމުން ހިދުމަތެކެވެ. އެ ލޯންޗްކުރީ މެއި 27، 2020 ގަ އެެވެ.