Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރޯދަ މަހު ރޭގަނޑު 1:00 އާ ހަމައަށް ފިހާރަތައް ހުޅުވޭނެ

ކުރިއަށް ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދަންވަރު 1:00 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ އުސޫލަށް މި މަހުގެ 20 އިން ފެށިގެން އަމަލުކުރެވޭނެ ކަމަށާއި ރޯދަ މަހާ ވިދިގެން އަންނަ ހަ ރޯދައިގެ މުއްދަތުގެ ތެރޭގައި ވެސް ދަންވަރު 1:00 އަށް ފިހާރަތަކުން ހިދުމަތް ދެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކެފޭ/ރެސްޓޯރެންޓްތައް ރޯދަ މަހު ހުޅުވާފައި ބެހެއްޓޭނެ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 2 އެވެ.