Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު ހައި ކޯޓް ދެކުނު ގޮފި

ޝަރީއަތްތަކަށް ހައިކޯޓުގެ ފަނޑިޔާރުން އައްޑު އަށް

ހައި ކޯޓް ދެކުނު ގޮފި--

ހައިކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް އައްޑު އަށް ވަޑައިގެންފިއެވެ.

ހައިކޯޓުން މައުލޫމާތު ދީފައިވާގޮތުގައި އެކޯޓުގެ ޝަރުއީ ވަފުދަކުން މާޗް 12 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ހުންނަ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޝަރުއީ ވަފުދުގައި ތިން ފަނޑިޔާރަކު ހިމެނޭއިރު، އެބޭފުޅުން އައްޑޫއަށް ވަޑައިގެންފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ.

މިއަދު ހައިކޯޓު ދެކުނު ގޮފީގައި ޝަރީއަތްތައްވެސް ތާވަލުކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިފަނޑިޔާރުން އައްޑޫގައި ހުންނަ ހައިކޯޓު ދެކުނު ގޮފީގައި، ކުރިއަށްއޮތް ހަފްތާގައި ޝަރީއަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.