Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ހަވާލުކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަންނަ މަހު މަހު ފްލެޓް ދޫކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ އެތަނުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓް ދެ ޓަވަރުގެ 99 ޕަސެޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އަންނަ މަހުގެ ތެރޭގައި ފްލެޓްތަައް ލިބުނު މުވައްޒަފުންނާ އެތަންތަނުގެ ތަޅުދަނޑިތައް ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯހިވަހިކަން ފޯރުކޮށްދޭން "ހިޔާ" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހަދާ ދެ ޓަވަރުގައި 384 ފްލެޓް ހަދާފައިފައިވެ އެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ. ހުރިހާ އެޕާޓްމަންޓެއް ވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އެ ކުންފުނިން މިހާރު އަންނަނީ ފްލެޓްތައް ލިބުނު މުވައްޒަފުންނަށް އެ ތަން ދެއްކުމާއި, ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ވެސް ބާއްވަމުންނެވެ.

އެމްއޭސީއެލުން ހެދީ 14 ބުރީގެ ދެ ޓަވަރެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީޗައިނާގެ ބީޔޫސީޖީ ކުންފުންޏާ އެވެ.