Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސްޕޯޓްސް އެވޯޑަށް ފަބްރީޒިއޯ ރާއްޖެ އަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

ސްޕޯޓްސް އެވޯޑު ހަފްލާ އަށް އަންނަން ދިން ދައުވަތު ފަބްރީޒިއޯ ގަބޫލުކުރިކަން ހާމަކުރީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

ފަބްރީޒިއޯ އަކީ ފުޓްބޯޅައާ ގުޅޭ ޓްރާންސްފާ ހަބަރުތައް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތެކެވެ. އެގޮތުން އޭނާ އަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.

އެވޯޑު ހަފްލާ އަށް ކުޅިވަރުގެ އެކި މަގުބޫލު ފަރާތްތައް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް ވެސް ހިމެނެ އެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

* އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.

* މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)

* ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.

* މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.