Last Updated: August 19, 11:22
Tuesday, August 19, 2025
ވިޔަފާރި

އޭއައިއޭ އަށް ލީގަލް ފާމެއް ހޯދަނީ

ސ. ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް ލީގަލް ފާމެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނަނީ ކޮމްޕެނީގެ ސެކްޓްރިއޭޓެއްގެ މަސައްކަތްކޮށް ދޭނެ ލީގަލް ފާމެއް ބޭނުންވާ ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އޭއައިއޭ އިން ބުނީ ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ އިރު، އެކަން ކޮށްދޭނެ އަގާއި މަސައްކަތުގެ ތަޖުރިބާ އާއި ފާމާ ގުޅޭ ތަފުސީލްތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މައުލޫމާތުތަކާ އެކު ސިޓީ ފޮނުވަން ޖެހެނީ އެސްޓީއޯގެ ހެޑް އޮފީހަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3344304 އިން ވެސް ލިބޭނެ އެެވެ.

އޭއައިއޭއަކީ އެސްޓީއޯގެ އިތުރުން ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.