Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތ. ދިޔަމިގިލި--

މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ދިޔަމިގިލީ ސިއްހީމަރުކަޒުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.