ތ. ދިޔަމިގިލީގަިއ ވަޅިން ހަމަލާދީފައިވަނީ އެރަށުގެ މުދިމަކަށް ކަމަށާއި، އޭނާގެ ގައިގެ ފަސް ތަނަކަށް ވަޅިން ހަމަލާ ދީފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މުދިމުގެ ކަރާ ދިމާލުން ކަނދުރާއަށް ހަމަލާދީފައިވާއިރު، ބުރަކަށީގެ އިތުރު ހަތަރު ތަނަކަށްވެސް ހަމަލާ ދީފައިވެއެވެ. ކަނދުރާ އަށް ވަޅިން ހަމަލާ ދީފައިވާއިރު އެތަނުގައި ގާތްގަނޑަކަށް ތިން އިންޗި ހުންނާނެކަމަށްވެސް އެރަށުން މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ.
މިމީހާއަށް ދިޔަމިގިލީ ސިއްހީމަރުކަޒުގައި ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.