Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ސައުދީ ސަރުކާރުން 3،000 މުސްޙަފް ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން 3،000 މުސްޙަފު ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މުސްޙަފްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީ އެވެ. މި މުސްހަފްތަކާއި ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވަނީ ދެ ސައިޒެއްގެ މުސްހަފްތަކެއް ކަމަށެވެ. އެއީ އާއްމުކޮށް ހުންނަ ސައިޒުގެ އަކުރު ކުދި މުސްހަފްތަކާއި އަކުރު ބޮޑު މުސްހަފް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުސްހަފް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މުސްހަފް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.