Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސްޕޯޓްސް އެވޯޑްސްގައި ޑާވިޑްސް ބައިވެރިވާނެ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެޑްގާ ޑާވިޑްސް ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

ސްޕޯޓްސް އެވޯޑު ހަފްލާ އަށް އަންނަން ދިން ދައުވަތު ޑާވިޑްސް ގަބޫލުކުރިކަން ހާމަކުރީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

އަޔެކްސް އާއި އޭސީ މިލާން، އިންޓަ މިލާން، ޔުވެންޓަސް އަދި ބާސެލޯނާ ފަދަ ޓީމުތަކަށް ކުޅެފައިވާ ޑާވިޑްސް އަކީ ނެދަލޭންޑްސްގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފިލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

އެވޯޑު ހަފްލާ އަށް ކުޅިވަރުގެ އެކި މަގުބޫލު ފަރާތްތައް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް ވެސް ހިމެނެ އެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

* އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.

* މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)

* ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.

* މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.