އައްޑޫގައި މިހާރު ކުރިއަށް "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ފައިނަލު މެޗު މިރޭ އޮންނާނެ އެވެ.
މި މެޗުގައި ބައްދަލުކުރާނީ ޔަންގް މެޖެންޓާ އާއި ފެނަކަ އެވެ.
ޔަންގް މެޖެންޓާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޒެފިޔާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. ފެނަކަ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޔަންގް ވަންސްއާ ބައްދަލުކުރި މެޗު ޕެނަލްޓީގައި 1-0 އިން މޮޅުވެގެންނެވެ.
ފައިނަލް މެޗު އޮންނާނީ މުބާރާތުގެ މެޗްތައް ކުޅެމުން އަންނަ ގަމުގައި މިރޭ 9:00 ޖަހާ އިރު އެވެ. މި މެޗު އައްޑޫ ސްޓްރީޓް ސޮކާ ކަޕްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން މުބާރަތަށް ޓީމްތަކާއި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ.
މިދިޔަ މަހުގެ 26 ގައި ފެށި އަދި 16 ޓީމް ވާދަކުރި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.