Last Updated: June 30, 04:35
Monday, June 29, 2026
ޚަބަރު

އެޗްއާރްއެޗްގެ ކުޑަކުދިންގެ ވޯޑު ކުދިންނާ ގުޅޭ ގޮތަށް

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ކުޑަކުދިންގެ ވޯޑު ކުދިން ގަޔާވާ ގޮތަށް ކުރަހައި، ވޯޑުގައި ބައިތިއްބާ ކުދިންނަށް ކުޅެވޭނެ ކިޑްސް ކޯނާއެއް ހަދައިފި އެވެ.

އައްޑޫގައި މިހާރު ހަރަކާތްތެރިވަމުންދާ އޮސްޓްރޭލިއާގެ "އެންޓިޕޯޑިއަމް އެބްރޯޑް ވޮލަންޓިއާ" ޓީމާއި ހޮސްޕިޓަލާ ގުޅިގެން ކުޑަކުދިންގެ ވޯޑު ހެދި އިރު އެތަނުގައި ވަނީ ކުޑަ ލައިބްރަރީއެއް ވެސް ހަދައިފަ އެވެ. އަދި އެތަނަށް ވޮލަންޓިއާ ޓީމުންވަނީ ކުޑަކުދިންނާ ގުޅޭ ފޮތް ހަދިޔާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ ދަރިވަރުންގެ ވޮލަންޓިއާ ޓީމުގެ 3 ނަރުހުންނާއި މެޑިސިން ދާއިރާއިން ކިޔަމަވުންދާ ކުއްޖަކު އަންނަނީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެޓީމްގެ ފަރާތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގެ ފާރު ކުރަހައި އެތަން ކުޑަކުދިންނާ ގުޅޭ ގޮތަށް ޑިޒައިން ކުރުމަށް ކުރި މަސައްކަތަކީ ވޮލަންޓިއާ ޓީމުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

1

4

6

މިމަސައްކަތަށް ބޭނުންވާ ފައިސާ މި ޓީމުން ހޯދާފައިވަނީ ރާއްޖެއަށް އައުމުގެ ކުރިން ހިންގި ތަފާތު ފަންޑް ރައިޒިން ހަރަކާތްތަކުންނެވެ.