އިންސްޓަގްރާމްގައި ލައިވްސްޓްރީމްކުރާ މީހުންގެ ކޮންޓެންޓް "ވިލަރެސްކުރާނެ" މޮޑެރޭޓަރުން އައްޔަންކުރެވޭ ގޮތަށް ހަދައިފި އެވެ.
މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމުން ބުނީ މޮޑެރޭޓަރުންނަށް މައިގަނޑު ތިން ބާރެއް ވެސް އޮންނާނެ ކަމަށެވެ. އެއީ ކޮމެންޓްތައް ރިޕޯޓްކުރުމާއި ލައިވްސްޓްރީމިން ބަލާ މީހުން ލައިވުން ބޭރުކުރުމާއި ބަލާ މީހުންނަށް ކޮމެންޓް ވެސް ނުކުރެވޭ ގޮތް ހެދުމެވެ.
ލައިވްގައި މޮޑެރޭޓަރުން "އައްޔަންކުރަން" ހަދަން ޖެހޭ ގޮތަކީ ލައިވްކުރާ އިރު ކޮމެންޓް ބާއާ ދިމާލުން އިންނަ ތިން ތިކަށް ފިތާލައިގެން މޮޑެރޭޓަަރުން ކަނޑައެޅުމެވެ. މޮޑަރޭޓަރަކު ކަނޑައެޅުމުގައި އިންސްޓަގްރާމުން ސަޖެސްޓްކުރާ ލިސްޓަކުން މޮޑެރޭޓަކު ކަނޑައެޅުން ނުވަތަ ސާޗް ބާ އިން އެ މީހަކު ބޭނުންވާ ވަކި ހާއްސަ މީހަކު ސާޗްކޮށްލައިގެން މޮޑަރޭޓަރަކު ކަނޑައެޅިދާނެ އެވެ.
Streamers + Mods = Dynamic Duo ❤️
We’re launching Live Moderator on Instagram Live, where creators can assign a mod and give them the power to:
✅ Report comments
✅ Remove viewers from Live
✅ Turn off comments for a viewer pic.twitter.com/S9j7s4dInB— Instagram (@instagram) March 11, 2022
އިންސްޓަގްރާމްގެ ލައިވްގައި މޮޑަރޭޓަރުން ހަމަޖެއްސޭ ގޮތަށް މި ހެދީ "ލައިވް" ތައާރަފުކުރިތާ ގާތްގަނޑަކަށް ހަ އަހަރު ފަހުންނެވެ. އެ ޕްލެޓްފޯމްގެ ހިންގާ މެޓަގެ ފޭސްބުކުން ވެސް މިކަން ކުރާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ.
އިންސްޓަގްރާމަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު އެކައްޗެވެ.