Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ފުވައްމުލަކުގައި ޤުރުއާނާ ބެހޭ މަރުކަޒެއް ހަދަން ހަވާލުކޮށްފި

ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް ހަދަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ރައިސާ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ އެޗްއާރް މެނޭޖަރު މުސްތޮފާ މުހައްމަދުފުޅެވެ. މިނިސްޓްރީގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގައި ޤުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށެވެ.

އެގޮތުން އެއް އަހަރުތެރޭ ނިންމާ ގޮތަށް ދެ ބުރިއަށް ހަދާ މަރުކަޒަކީ ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތަނެކެވެ. އެ އިމާރާތުގެ އެންމެ ތިރީގައި އޮޑިޓޯރިމަކާއި ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހުންނާނެ އެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި 30 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނެއް ވެސް ހުންނާނެ އެވެ.