ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ތިލަފުށި ސައިޓެއްގައި މަސައްކަތްކުރަން އުޅުނު ތިން ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 11:05 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވާ މީހުންގެ ތެރެއިން އެކެއްގެ ފަޔަށް ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައިވެއެވެ.