Last Updated: June 12, 06:38
Friday, June 12, 2026
ސިއްހަތު

ޔޯގަޓް: ކޮބާ ފައިދާއަކީ؟

ޔޯގަޓްގައި ހަޖަމު ކުރުމުގެ ނިޒާމަށް އެހީތެރިވެދޭ އެންޒައިމްސް އާއި ލައިވް ކަލްޗާޒް އެކުލެވެ އެވެ. އަދި ޔޯގަޓްގައި ހިމެނޭ ވިޓަމިން ބީ 12 އަކީ ވެސް ހަޖަމު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބަނޑުގައި އުފެދޭ ބެކްޓީރިއާތައް ސާފުކޮށް ދިނުމުގައި ޔޯގަޓްގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެހެންކަމުން ޔޯގަޓް ކެއުމުން ބަނޑުގެ ބަލިތަކަށް ފަރުވާއަކަށް ވެސް ފުދެ އެވެ.
ބަނޑު ސަކަރާތްވުމުން ޔޯގަޓް ކެއުމުން ބައެއް ޑޮކްޓަރުން އިރުޝާދު ދެއްވަނީ އެހެންވެގެންނެވެ.