Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުންގެ ވެހިކަލެއް--

ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު، އިންޑިއާގެ 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވާ އިންޑިއާގެ މީހާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިމައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.