Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޝަރީއަތްތަކަށް ހައިކޯޓުގެ ފަނޑިޔާރުން ކުޅުދުއްފުއްޓަށް

ހައިކޯޓު އުތުރު ގޮފި-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

ހައިކޯޓުން ބުނެފައިވަނީ، މިއަދުން ފެށިގެން ހައިކޯޓުގެ އުތުރު ގޮފީގައި ޝަރުއީ ވަފުދަކުން މަސައްކަތް ކުރާނެކަމަށެވެ.

ތިން ފަނޑިޔާރުން ހިމެނޭ މިވަފުދުގައި ހިމެނޭ ފަނޑިޔާރުންނަކީ، އަލްއުސްތާޛު އަބްދުﷲ ހަމީދު، އަލްއުސްތާޛު މުހައްމަދު ނިޔާޒް އަދި އަލްއުސްތާޛު ހަސަން ޝަފީއުއެވެ.

ހައިކޯޓުން މިހަފްތާގައި އަންނަނީ ދެކުނު ގޮފީގައިވެސް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުން އަންނަނީ އައްޑޫގައި ހުންނަ ދެކުނު ގޮފީގައިވެސް މަސައްކަތް ކުރަމުންނެވެ.