"އެސްޓީއޯ ޕީޕަސް ޗޮއިސް" ގެ ނަމުގައި ހިންގަމުން އައި ސުޕަމާޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިއަށް ވުރެ ބޮޑަށް ވިޔަފާރި ފުޅާކޮށް ރާއްޖޭހެ ފުރަތަމަ ސުޕަސްޓޯރްގެ ގޮތުގައި ރޭ އަލުން ހުޅުވައިފި އެވެ.
އެތަން ހުޅުވަމް ބޭއްވި ހަފުލާ ރޭ ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ނައިބު ރައީސް ވިދާޅުވީ އެސްޓީއޯ އިން މި ގެނައި ބަދަލަކީ ރާއްޖޭގެ އެހެން ވިޔަފާރިތައް ވެސް ފުޅާކުރުމަށް މަގުފާހިވާނެ ކަމެއް ކަމަށެވެ.
"ތަކެތީގެ އަގު ނުއުފުލޭނެހެން އެސްޓީއޯއިން އަޅަމުންދާ ފިޔަވަޅުތައް ވެސް ވަރަށް ފާހަގަކުރެވޭ. އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ތަކެތީގެ އަގުތައް ނުއުފުލޭނެހެން އިންތިޒާމްތައް ހަމަޖެއްސުން. އަދި އެސްޓީއޯ އިން ކުރާ މަސައްކަތަކީ ވިޔަފާރީގެ ބަދަލުގައި ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ދިނުން." ފައިސަލް ވިދާޅުވި އެވެ.
Grand Opening of STO People’s Choice; the first ever Superstore in the Maldives featuring a wide variety of products & assortments under one roof! @stopc_mv #StoPC🎈 pic.twitter.com/SDwktKn0SR
— STO (@stoplc) March 15, 2022
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ އުފެދުނު ފަހުން ވޭތުވެދިޔަ ދިގު މަޒީގައި ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާ ކަމަށެވެ. އަދި އާ ބަދަލުތަކާ އެކު "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ހުޅުވި އިރު މިއީ މުޅި ކުންފުންޏަށް ވެސް އައި އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.
Vice President @faisalnasym reopens @stoplc People’s Choice following expansion project, featuring a more family-oriented atmosphere and an expansive product range from private businesses pic.twitter.com/t8IRCJen8a
— The President's Office (@presidencymv) March 15, 2022
"ސަރުކާރުގެ ސިޔާސަތެއް ކުދި ވިޔަފާރިތަކަށް މަގުފަހިކޮށް ދިނުމަކީ. އެއީ އެސްޓީއޯގެ އަމާޒު. ސުޕަސްޓޯރް އަލަށް ހުޅުވިގެންދާ އިރު ނުވަ ވިޔަފާރިއަކުން އެސްޓީއޯއާއިވަނީ ގުޅިފައި. އަދި މިހާރު ވެސް އިތުރު ފިހާރަތަކުން އަންނަނީ އެސްޓީއޯއާ ގުޅިގެން ކުރިއަށް ދިޔުމަށް އެދި ގުޅަމުން." އަމްރު ވިދާޅުވި އެވެ.
އެގޮތުން "އެސްޓީއޯ ޕީޕަލްސް ޗޮއިސް" އަށް ގެނައި ބަދަލާ އެކު އާންމު ބައެއް ވިޔަފާރިތަކަށް އެތަނުން އޮތީ ފުރުސަތު ވެސް ދީފަ އެވެ. އެގޮތުން ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަޑިހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫގެ މުދާ އެތަނުން ލިބޭނެ އެވެ.
އެސްޓީއޯ ސުޕަމާޓް ހުޅުވީ 1992 ގަ އެވެ.