Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ބާސާގެ ސްޕޮންސަރަކަށް ސްޕޮޓިފައި

ބާސެލޯނާގެ ސްޕޮންސަރަކަށް ސްޕޮޓިފައި ހަމަޖައްސައިފި އެވެ.

ބާސާ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އަންނަ ސީޒަނުން ފެށިގެން ކުރިއަށް އޮތް ހަތަރު އަހަރަށް ބާސާގެ ފިރިހެން އަދި އަންހެން ޓީމުގެ ޖޯޒީގައި ސްޕޮޓިފައިގެ ނަން ބޭނުން ކުރާނެ ކަމަށެވެ. އަދި ބާސާގެ ދަނޑުގެ ނަން "ސްޕޮޓިފައި ކޭމްޕް ނޫ" އަށް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއީ ބާސާގެ ތާރީހުގައި ވެސް އެ ކްލަބުގެ ސްޓޭޑިއަމްގެ ނަމުގެ ކުރިއަށް ސްޕޮންސަރެއްގެ ނަން ގެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސާ އާއި ސްޕޮޓިފައި އާއި ދެމެދު ވެފައިވަނީ 235 މިލިއަން ޕައުންޑުގެ އެއްބަސްވުމެކެވެ.

ސްޕޮޓިފައި އިން ބާސާ ސްޕޮންސަރ ކުރަން ނިންމާފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ފައުންޑަރ ޑެނިއަލް އެކް ވަނީ ޕްރިމިއާ ލީގުގައި ކުޅެމުން އަންނަން އާސެނަލް ގަތުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.