Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ކެމްޕޭނަށް އިންތި ގދ. އަތޮޅަށް

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް ގދ. އަތޮޅަށް ވަޑައިގެންފިއެވެ.

ކެމްޕޭނަށް ކުރައްވާ ދަތުރުގައި އިމްތިޔާޒް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ގދ. ނަޑެއްލާއެވެ.

މި ދަތުރާ ގުޅޭގޮތުން އިމްތިޔާޒް ވިދާޅުވެފައިވަނީ، 20 މާރިޗުވާ އާދިއްތައާ ހަމައަށް އުޅޭނީ ގއ. އަދި ގދ. އަތޮޅުގައިކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ޗެއަރޕާސަންކަމުގައި ކުރަން ހުށަހަޅާ ކަންކަންވެސް މިދަތުރުގައި، ގދ. ތިނަދޫގައި އިއުލާންކުރާނެ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަތަކަށް ކެމްޕޭނަށް ކުރައްވާ ދަތުރުގައި އިމްތިޔާޒް އަންނަނީ ދޮރުން ދޮރަށް ހަރަކާތްވެސް ހިންގަވަމުންނެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކުރިއަށްދާ ކެމްޕޭނުގެ ފޯރި ގަދަވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

މި އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.