Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ސްޓެލްކޯ މުވައްޒަފުން އިންޝުއަރެންސްގައި މައިންބަފައިން ބައިވެރިކުރެވޭގޮތް ހަދައިފި

ސްޓެލްކޯ ކުރީގެ އެމްޑީ އަހުމަދު ޝަރީފް-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ މުވައްޒަފުންގެ އިންޝުއަރެންސްގައި މިހާރު މައިންބަފައިން ބައިވެރިކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް ސްޓެލްކޯގެ ހެލްތް އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު ވަނީ އެކަންބޮޑުވުންތަކަށް ހައްލު ހޯދާދެވިފައި ކަމަށެވެ.

އެގޮތުން ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ މިފަހަރުގެ އިންޝުއަރެންސް ސްކީމްގައި އެލައިޑުން ހަމަޖެހިފައިވާ އުސޫލުން، ސްޓާފް ބޭނުންވާނަމަ މަންމައާއި ބައްޕަވެސް ސްކީމްގައި ބައިވެރިކުރެވޭނެ ކަަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އިންޝުއަރެންސްގެ ކަންކަން ގެނެވުނު މި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.