ރ. ރަސްމާދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ ރ. އުނގޫފާރުން އިންނަމާދޫއަށް ދަތުރުކުރި "މިޔަރެން" ދޯނި ރަސްމާދޫ ކައިރިއަށް އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓެއް މިއަދު 12:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
މިހާދިސާއާ ގުޅިގެން ސިފައިން ބުނެފައިވަނީ މި ދޯނިން ދެ ދިވެހިން ދަތުރު ކުރިއިރު ދެ މީހުންވެސް ރައްކާތެރިކަމާއެކު ރ.އުނގޫފާރަށް ގެންދެވިފައިވާ ކަމަށެވެ. އަދި މިހާދިސާއަށް އެޓެންޑް ވެފައިވަނީ ފުލުހުން ކަމަށްވެސް ސިފައިން ބުނެފައިވެއެވެ.