Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މެމްބަރުންގެ ހެލްތު އިންޝުއަރެންސް ބީލަމަށް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި އެ މީހުންގެ އާއިލާތަކާއި ކުރިން މެމްބަރުކަންކޮށްފައިވާ މީހުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން މިކަމަށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 31 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މި މަހުގެ 20-29 އަށެވެ.

ފިނޭންސް މިނިސްޓްރީގެ ބަނޑޭރި އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 31 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ހޯލުގައި އެ ދުވަހުގެ ހެނދުނު 10:00 ގަ އެވެ. އެ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ މީހުންގެ އާއިލާތަކާއި މެމްބަރުކަންކޮށްފައިވާ މީހުންނަށް ހެލްތު އިންޝުއަރެންސްދޭން ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، މިއީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވާ ކަމެކެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވެސް މިކަމަށް ތާއީދާއެއް ނުކުރައްވަ އެވެ.