ކުރިއަށް އޮތް ރޯދަ މަހު މާލެ ސިޓީ ކައުންސިލުން ވޮލީ މުބާރާތެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދެ ޖިންސްގެ މީހުންނަށް "މާލެ ސިޓީ ކައުންސިލްގެ ޕާކް ވޮލީބޯޅަ މުބާރާތް 2022" ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް މި މަހުގެ 27 އާ ހަމައަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިކުރާނީ ކޮމިޝަނާ އޮފް ސްޕޯ\ޓްގައި ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމްއިއްޔާތަކެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މުބާރާތުގައި ދެ ޖިންސް ވަކިން 1 ވަނަ 2 ވަނަ 3 ވަނަ 4 ވަނަ އަދި 5 ވަނަ ޓީމް ހޮވަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ އެއް ވަނަ ޓީމަށް 45،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް، ދެވަނަ ޓީމަށް 25،000ރ. އާއި ސެޓްފިކެޓް، ތިން ވަނަ ޓީމަށް 15،000ރ. އާއި ސެޓްފިކެޓް، ހަތަރު ވަނަ ޓީމަށް 10،000ރ. އާއި ސެޓްފިކެޓް އަދި ފަސް ވަނަ ޓީމް 5،000ރ. އާއި ސެޓްފިކެޓެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ފައިސާގެ އިނާމުތަކާ އެކު ރޯދަ މަހު ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ވެސް ބާއްވަން ނިންމައިފަ އެވެ.