އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށްް "ނިޕޯން ރަމަޒާން ބާޒާރު ޕްރޮމޯޝަން" މިއަދު ފަށައިފި އެވެ.
އެސްޓީއޯގެ ޕެއިންޓް ޝޯރޫމްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ޕްރޮމޯޝަން އިފުތިތާހުކޮށްދެއްވީ ކުންފުނީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމާއި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. އެސްޓީއޯއިން ބުނީ ކުލަ އާއި ދަވާދު ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެެސް ލިބޭނެ ކަމަށެވެ.
Say Hi to incredible discounts & weekly prizes as we commence Nippon Paint’s Ramazan Bazaar today! 🥳
One lucky winner gets to take home a Scoopy Club 12 🙌🛵🎊Hurry! Offer valid till 30th April 2022 #STORamazanBazaar #NipponPaint @STOconstruction pic.twitter.com/5a4xxKhs9R
— STO (@stoplc) March 17, 2022
މީގެ އިތުރުން މިޕްރޮމޯޝަންގެ ތެރެއިން ކުލަ ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ލަކީޑްރޯއެއް ވެސް ހުޅުވައިވެ އެވެ. އެގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިއަކަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބޭނެ އެވެ. އޭގެ އިތުރުން ވެސް އެ ޕްރޮމޯޝަންގައި އިތުރު އަގު ހުރި އިނާމްތަކެއް ދޭން ހަމަޖެހިފައިވެ އެވެ.