Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ރޯދަ އުމްރާއަށްދާ މީހުން ޕާސްޕޯޓް ހަދަން ލުއިތަކެއް

މި ރޯދަމަހު އުމްރާއަށް ދިއުމަށް ޕާސްޕޯޓު ހެދުމަށް ބޭނުންވާ މީހުންނަށް ޕޯސްޕޯޓް ހެއްުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ރޯދަ މަހު އުމްރާއަށް ދިއުމަށް މިދުވަސްކޮޅު ގިނަ ބަޔަކު ޕާސްޕޯޓް ހެދުމަށްއެދި ހުށަހަޅަމުން އަންނަކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާޗް 17 އިން ފެށިގެން މިއަހަރުގެ ރޯދަ މަސް ނިމެންދެން ޕާސްޕޯޓް ސެކްޝަންގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ.

އެގޮތުން އުމުރާއަށް ދަތުރުކުރައްވާ ބޭފުޅުން، އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރަސްމީގަނޑީގައި މިކަމަށް ހާއްސަ ކުރެވިފައިވާ ނަމްބަރު (9199165)އަށް ގުޅުއްވުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.