Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ކުއާޓާގައި ޗެލްސީ އާއި ރެއާލްގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ޗެލްސީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ކުއާޓާގައި ޗެލްސީ އާއި ރެއާލް ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ބައްދަލުކުރި ދެ ޓީމެވެ. އެގޮތުން ރެއާލް ބަލިކުރުމަށްފަހު ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ޗެލްސީންނެވެ.

ކުއާޓާގައި އެހެން ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު މެންޗެސްޓަރ ސިޓީ ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ބަޔާން މިއުނިކުން ވިޔަރެއާލްއާ ދެކޮޅަށް ނިކުންނަައިރު ލިވަޕޫލް ބައްދަލުކުރާނީ ބެންފީކާއާ އެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 5 އަދި 6 ގައެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 12 އަދި 13 ގަ އެވެ.