ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުންނަށް ހާއްސަކޮށްގެން "އެކްސެލިން ބިޔޯންޑް އިމަޖެންސިން ޗެލެންޖަސް: ކަރެކްޝަންސް އާފްޓަ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ޓްރޭނިން ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) ދަށުން ފަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ މަގުސަދަކީ ޕްރިޒަން އޮފިސަރުން ތަމުރީންކޮށް ތަރައްގީކޮށް، ޔޫއެންގެ "މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް: ދަ ނެލްސަން މަންޑޭލާ ރޫލްސް" އަށް އަހުލުވެރިކޮށް، ކޮވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށް ދިނުމެވެ.
ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނާއި އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް، ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިhttps://t.co/XXz85XFEOp pic.twitter.com/TUCsAbR3Ra
— Maldives Correctional Service (@CorrectionsMv) March 20, 2022
އެގޮތުން ޓްރޭނިން ޕްރޮގްރާމްގައި ސްރީ ލަންކާގެ ނުވަ ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ އަށް ޕްރިޒަން އޮފިސަރަކު ބައިވެރިވެ އެވެ.
މި ޓްރޭނިން ޕްރޮގްރާމް އިފުތިތާހުކޮށް ދެއްވީ ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅެވެ. އެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ ފަރާތުން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ކޯޑިނޭޓަރު ދުޝާންތީ ފެނާންޑިސް އާއި ނެޝަނަލް ޕްރޮގްރާމް އޮފިސަރު މުޙައްމަދު އަރުޖުން، ޕްރިޒަން އެކްސްޕަރޓް ޔޯހަން މަޓްސް ފްރެޑެރިކް ޔޮނަސަން، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯ އޮކެއްލޯ ބައިވެރިވެވަޑައިގެންނެވި އެވެ.