އައްޑޫ ފޭދޫގެ ދެ މިސްކިތެއް މަރާމާތުކުރާނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފޭދޫ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ފަލާހް އަމިއްލަ ތަކެތީގައި މަރާމާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހާ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މާދަމާ ހެނދުނު 10:00 ގައި ފޭދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ.
އަންނަ މަހުގެ 2 ގައި ރޯދަ މަހާ ކުރިމަތިލާ އިރު އައްޑޫގެ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް އެކި އަވަށްތަކުގައި އަންނަނީ ކުރެވެމުންނެވެ. މިފަދަ ގިނަ މަސައްކަތްތައް ކުރެވެނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގަ އެވެ.