ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނައްޓަވާ ތަން ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯގައި ފެންނަނީ ސްޓޭޖެއްގެ މަތީގައި ބޮޑުބެރުގެ ފޯރިގަނޑަކަށް މިނިސްޓަރު ޖޯޝާއި ފޯރީގައި ނައްޓަވާ ތަނެވެ. މި ވީޑިއޯ އަކީ މިދިޔަ ހޮނިހިރު ދުވަހު އއ. ތޮއްޑޫގައި އެ ރަށުގެ 50 ވަނަ ގެސްޓްހައުސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ވީޑީއޯއެކެވެ.
Happy to see you in active mode @Mausoom_Maus not bad pic.twitter.com/DoXua3xwuU
— ASM (@balaaverikan) March 20, 2022
ޓޫރިޒަމް މިނިސްޓަރު ނެއްޓެވުމަކި އެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. އަނެއްކޮޅުން ބޮޑުބެރަކީ އަބަދު ވެސް ދިވެހިންނަށް ވަޖިދު ގެނުވައިދޭ މިއުޒިކެކެވެ. އެހެންވެ އެ ވަޖިދާ އެކު މިނިސްޓަރަށް ވެސް ހިމޭނުން ނުހުންނެވުނީ އެވެ. ތޮއްޑޫ ހަފުލާގައި ބޮޑުބެރު ބޭންޑް ހުށަހެޅުންތައް ގެނެސްދިން އިރު، އަމިއްލަފުޅަށް ބޭންޑްގެ ފޮޓޯއެއް ވެސް މިނިސްޓަރުގެ ޓްވީޓްކުރައްވާފައިވެ އެވެ.
Happening now…
Celebrating 50 Guesthouses In Operation in #Thoddoo. A #Maldives Tourism Golden Jubilee @MvTourism50 event by @Sec_Thoddoo pic.twitter.com/wnpyxKT4sf— Abdulla Mausoom (@Mausoom_Maus) March 19, 2022
މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެސް ފުރުނު އަހަރަށްވާތީ އެކަމުގެ އުފަލުގައި ވެސް މިނިސްޓަރު މިގޮތަށް ނެއްޓެވުމަކީ ހމަ ޔަގީނުން ވެސް ގިނަ ބަޔަކަށް މައްސަލައަކަށް ނުވާނެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުންގެ ނެށުންތައް ފެނިފައިވެ އެވެ. އެގޮތުން ރަށެއްގެ ބަޔަކާ އެކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ވަރުގަދަ ނެށުމެއް" ދެއްކެވި ވީޑިއޯ އަކީ ވަރަށް ބޮޑަށް ދައުރުވި އެވެ.