Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ހިތަދޫގައި އަނެއްކާ ވެސް ފޭރުމުގެ ހާދިސާއެއް

އައްޑޫ ހިތަދޫގައި މިދިޔަ މަހުގެ ތެރޭގައި ފޭރެން އުޅުނު މީހަކު ބަޔަކަށް އަތުނުވާން ފިލަން އުޅެނިކޮށް ސައިކަލަކުން ވެއްޓި އަނިޔާވެފައިވާ އިރު، އެ އަވަށުގައި ރޭ ވެސް ފޭރުމުގެ ހާދިސާއެއް ހިނގައިފި އެވެ.

ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ އަތުން ފޭރުނީ އޭނާ ރޭ 9:00 އެހާކަށްހާ އިރު ބައިސްކަލުގައި ޑެލިވަރީ އަށް ނުކުމެ އުޅެނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ޑެލިވަރީ އަށް ނުކުމެ އުޅެނިކޮށް ބަޔަކު ދިމާކޮށްލައި، ތޫނު އެއްޗަކުން ހަމަލާދީ ފޯނާއި އަތުގައި ހުރި ލާރިކޮޅު ފޭރިގެންފައިވެ އެވެ.

މި ހާދިސާގައި ވަޅިއަަކުން ބިދޭސީ މީހާ އަށް ހަމަލާ ދިން ނަމަވެސް ސީރިއަސް ގެއްލުމެއްވެފައި ނުވާ ކަމަށް އެނގިފައިވެ އެވެ.