Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

އެކި މައްސަލަތަކުގައި 45 ބިދޭސީއަކު ހޯދަނީ

އެކި މައްސަލަތަކުގައި 45 ބިދޭސީ އަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.

ފޮޓޯ އާއި ވަނަވަރު ހާމަކޮށް ހޯދަން އިއުލާންކުރި ބިދޭސީންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ ދެ ޖިންސްގެ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ތައިލޭންޑް، ފިލިޕީންސް، އިތިއޯޕިއާ، އިނގިރޭސިވިލާތް، ނައިޖީރިއާ އަދި އިޓަލީ ހިމެނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ހޯދަން އިއުލާންކުރި އެންމެންނަކީ ވެސް އެކިއެކި ކުށްތަކުގައި ހޯދާ މީހުން ކަމަށާއި އެ އެންމެން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވާން ޖެހޭ ކަމަށެވެ.