Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އޭސީސީގެ އެންމެ ބޮޑު ސަޕޯޓަރަކީ ޕީޖީ އޮފީސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް ކާމިޔާވުމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި އެ ކޮމިޝަންގެ އެންމެ ބޮޑު ސަޕޯޓަރަކީ ވެސް ޕީޖީ އޮފީސް ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކޮމިޝަންގެ އާ މެމްމަބަރުންނަށް މަރުހަބާ ވެސް ވިދާޅުވެ، އަމިއްލަ ބްލޮގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގައި ޝަމީމު ވިދާޅުވީ ގާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެ ކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށް ވާނީ ޕީޖީ އޮފީސް ކަމަށެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހުގެ ހުރިހާ އިންސާނީ ވަސީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިން ވެސް، މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރުކުރުވާލާފައި އޮންނާނެ ކަމަށެވެ.

"އެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެންބަރުންނަށް އަޅުގަނޑު އަރުވަމެވެ. ކޮމިޝަނުން ފައްޓަވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި އަޅުގަނޑުމެން ވަރުގަދައަށް ހިފާނަމެވެ. އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނަމެވެ." ޝަމީމު ވިދާޅުވި އެވެ. "ކޮމިޝަނުން ފައްޓަވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި އަޅުގަނޑުމެން ވަރުގަދައަށް ހިފާނަމެވެ. އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނަމެވެ."

އޭނާ ވިދާޅުވި ގޮތުގައި އުއްމީދަކީ އަލަށް އެކުލަވާލެވުނު ކޮމިޝަނާ އެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއްކޮށް، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވުމެވެ. އަދި ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާކުރުމެވެ.

މެމްބަރަކު ނެތި ހުސްކޮށް އޮންނަތާ ދުވަސްތަކެއް ފަހުން އޭސީސީ އަށް އާ ފަސް މެމްބަރުން އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. ކޮމިޝަންގެ މިހާރުގެ ރައީސަކީ އާދަމް ޝާމިލެވެ. ނައިބު ރައީސަކީ އަބްދުއްސަލާމެވެ. އޭސީސީގެ އިތުރު މެމްބަރުންނަކީ ތާހާ މުހައްމަދާއި ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދެވެ.