Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

ބްރެޒިލްގައި ޓެލެގްރާމް ހުއްޓުވުން ބާތިލުކޮށްފި

ޓެލެގްރާމްް މެދުވެރިކޮށް ބްރެޒިލްގައި ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އެ ގައުމުގައި އެ އެޕް ބްލޮކްކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ދުވަހު އަމުރުކޮށްފައި ވަނިކޮށް، އެ ނިންމުން ބާތިލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ޓެލެގްރާމަށް އަލުން ހުއްދަ ދިނީ އެ އެޕާ މެދު އުފެދުނު ގިނަ ކަންބޮޑުވުންތައް ހައްލުކުރަން މިހާރު މުހިއްމު ބަދަލުތަކެއް ގެނެސްފައިވާތީ އެވެ. އެހެންވެ މިހާރު ކުރިއެކޭ އެއްގޮތަށް ޓެލެގްރާމް ބްރެޒިލްގައި ބޭނުންކުރެވެ އެވެ.

ބްރެޒިލް އިން ކުރިމަތިކުރ ފިއްތުންތަކާ އެކު ޓެލެގްރާމަށް ބްރެޒިލްގައި ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި ސައްހަކަން ކަށަވަރުނުވާ ޒާތުގެ ވާހަކަތައް ދައުރުކުރާ ނަމަ ފަދަ އެއްޗެހީގައި އެކަން އެނގޭހެން ލޭބަލްކުރުމާއި ސައްހަ މައުލޫމާތު ފެތުރުން ހިތްވަރު ދިނުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް ވުރެ ބޮޑަށް އިތުރުކުރުން ހިމެނެ އެވެ.

ޓެލެގްރާމަކީ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސަނާރޯ އެންމެ ބޮޑަށް ބޭނުންކުރައްވާ އެޕެވެ.