ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އަޑުއެހުމުގެ ފުރުސަތު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަހިކޮށް ދިނުމަށްޓަކައި ތަރައްގީކުރިސްކްރީން ރީޑިން ސޮފްޓްވެއާ "ޝާމިލު އަޑު" ނައިބު ރައީސް މިއަދު ލޯންޗްކޮށްދެއްވައިފި އެވެ.
އެ ލޯންޗްކޮށް ދެއްވުމަށް ފަހު ފައިސަލް ވިދާޅުވީ މިއީ މުޖުތަމައު އިން ހަވާސާވެފައި މީގެ ކުރިން ތިބި މިފަދަ ކުދިންނަށް ލިބިގެންދިޔަ ވަރަށް މުހިއްމު ހަދިޔާއެއް ކަމަށެވެ. އަދި މިއިން ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް ސިފައެއްގައި މުޖުތަމަ އަށް ބޭނުންތެރި ކުއްޖަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ނައިބު ރައީސް ވިދާޅުވި
އެވެ.
މިއަދު ތަޢާރަފުކުރި ސޮފްޓްވެއާ އަކީ މިފަދަ ސޮފްޓްވެއާއެއް ރަސްމީކޮށް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
މި ސޮފްޓްވެއާ ތައްޔާރުކުރީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ކަކަށް ސަޕޯޓް ކުރާ ސޮފްޓްވެއާއެކެވެ.
"ޝާމިލު އަޑު" ގެ ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯއެސް ގައި ވެސް ބޭނުންކުރެވޭނެ ފައެވެ. މި އެޕްގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޝުއަލް އިމްޕަޔަޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.