Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އަހަރުތަކެއް ފަހުން މެޑަމް ފާތުންގެ ފެނިލުމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން އެއްވެސް ހަރަކާތަކުން ނުފެންނަ ކުރީގެ ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް އަހަރުތަކެއް ފަހުން ރޭ ޕީޕީއެމްގެ ސަޕޯޓަރުންތަކަކާ އެކު ދައްކާލައިފި އެވެ.

ހުޅުމާލޭގައި ޕީޕީއެމްގެ އަންހެނުންތަކެއް ބޭއްވި ހަރަކާތެއްގައި މެޑަމް ބައިވެރިވެވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މެޑަމް ފާތުން އަކީ ސިޔާސީ ކަންކަމުގައި އާއި އިިޖުތިމާއީ އެކި ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ވެރިކަމުގެ ދުވަސްވަރު އާންމުންނަށް އެކި ގޮތްގޮތުން އެހީވާން މެޑަމް ފާތުންގެ އިސްނެންގެވުމަށް ވަރަށް ގިނަ ހަރަކާތްތައް ވެސް ހިންގާފައިވެ އެވެ.