ބައެއް ފިލްމުތަކުންނާއި ޑްރާމާތަކުގެ ފެނުމުގެ އިތުރަށް ރާއްޖޭގެ ސިޔާސީ މަސައްކަތުގެ ތެރެއިން ވެސް ފެނިފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 10:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކ. މާލެ / ދަފްތަރު 053، ޢަލީ ޝާހިދު (41އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން https://t.co/ikexOb8rEe pic.twitter.com/2a6Jw2lUwD
— Maldives Police (@PoliceMv) March 21, 2022
އެހެންވެ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެެ.