Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އައްޑޫގެ ދެ ސްކޫލެއްގެ ޖާގަ ބޮޑުކުރަނީ

ހިތަދޠޫ ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ/ ހިތަދޫ ސްކޫލް

އައްޑޫ ހިތަދޫގެ ދެ ސްކޫލެއްގެ ޖާގަ ބޮޑުކުރަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ދެ ސްކޫލަކީ ހިތަދޫ ސްކޫލާއި ނޫރާނީ ސްކޫލެވެ. އެއިން ކޮންމެ ސްކޫލެއްގެ ޖާގަ ބޮޑުކުރުމުގެ ގޮތުން 12 ކްލާސް ރޫމް ހަދަން ނިންމާފައިވެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދެ ސްކޫލްގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 500ރ. ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، އެކަން ކުރިއަށް ދާނީ މި މަހުގެ 28 އާ ހަމަށެވެ. ދެ ސްކޫލްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.