Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ލ. ގަން ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް

ލ. ގަން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 30 މީޓަރުގެ ރިވެޓްމެންޓާއި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10,007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

11.52 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 180 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ޝިފާއު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.