އައްޑޫ ހިތަދޫގައި މާދަމާ ރޭ "ޔުނީކް ބިއުޓީ ސެލޫން" ގެ ނމުގައި އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މި ސެލޫން ހުންނާނީ ހިތަދޫގެ ކުރީގެ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި ހިންގި އައިސީއެމް ފާމަސީ ހިންގި އިމާރާތުގަ އެވެ. "

މި ސެލޫންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މުހައްމަދު ރިޔާޒް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެތަނުން އަންހެނުން ރީތިވާން ބޭނުންވާ ހުރިހާ ހިދުމަތެއް އަތްފޯރާ އަގެއްގައި ލިބޭނެ ކަމަށެވެ.
"ޖުމްލަކޮށް ހަމަ އަންހެނުންގެ ސެލޫންއަކުން ލިބޭނެ ހުރިހާ ހިދުމަތެއް ހަމަ ވަރަށް އެފޯޑަބަލް އަގެއްގައި ސެލޫން އިން ލިބޭނެ،" ލަންކާ ތަޖުރިބާކާރަކު މަސައްކަތްކުރާ ސެލޫނާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. "އައްޑޫގައި އަންހެނުންނަށް ހާއްސަ ފެންވަރު ރަނގަޅު ސެލޫނެއް އަދި ހާއްސަކޮށް ހިތަދޫގައި ނެތުމާ އެކު ރަށުގައި ތިބެގެން އަންހެނުންނަށް ހިދުމަތް ފަސޭހަ އިން ހޯދައި ދިނުމުގެ ގޮތުން މިކަހަލަ ވިޔަފާރީއެއް ފެށީ. އުންމީދުކުރެވޭ ވަރަށް ރަނގަޅުވާނެ ކަމަށް."

ރިޔާޒް ވިދާޅުވި ގޮތުގައި މާދަމާ ރޭ 8:00 ގައި ސެލޫން ހުޅުވުމާ އެކު 9:00 ޖަހަންދެން ހާއްސަ ޑަސްކައުންޓްތަކަކާ އެކު ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައި އޮންނާނެ އެވެ.

މާދަމާ އިން ރެއިން ފެށިގެން "ޔުނީކް ބިއުޓީ ސެލޫން" ގެ ހިދުމަތް އާންމުކޮށް ލިބޭނެ އެވެ. އެތަން ހެނދުނު ހުޅުވާނީ 9:00 ގަ އެވެ. އަދި މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00 ހަމަައަށް ހިދުމަތް ދޭނެ އެވެ. އެގޮތުން ކުރީ ބައިގައި އެޕޮއިންޓް ހަދައިގެން ވެސް ހިދުމަތް ހޯދޭނެ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މި ސެލޫންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެތަން ސްޕާ ސްޓައިލަށް ބަދަލުކޮށް، އެކި ކަހަލަ ތެޕަރީތައް ވެސް ކުރިއަށް އޮތް ތަނުގައި ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ.

"މިތަނުގެ ވިޔަފާރި އަށް ބަލާފައި އައްޑޫގެ އެހެން ދިމާތަކަށް ވިޔަފާރި ފުޅާކުރުމުގެ ވިސްނުން ވެސް އެބަހުރި." އޭނާ ވިދާޅުވި އެވެ.