Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

ތިން ދާއިރާއެއްގެ ވޯޓުލުން ކުރިއަށް

މެދު ދާއިރާ އަށް ވާދަ ކުރައްވާ މޯޑް ވޯޓް ލައްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ޕީޕީއެމް ޕްރައިމަރީގެ އައްޑޫ ތިން ދާއިރާއެއްގެ ވޯޓުލާން ފަށައިފި އެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދަނީ ހިތަދޫ މެދު ދާއިރާ އާއި އުތުރު ދާއިރާގެ އިތުރުން ހުޅުދޫ ދާއިރާގަ އެވެ.

ޕީޕީއެމް ފޭދޫ ދާއިރާގެ ޕްރައިމަރީ ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.

ހިތަދޫ މެދު ދާއިރާއިން ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރަނީ ސ. ހިތަދޫ، ބުލޫ ވިލާ، މުހައްމަދު ލަޠީފާއި އަރާއިރު، ހިޔަލީ މުހައްމަދު ރަޝީދުގެ އިތުރުން ދާދި ފަހުން ޕީޕީއެމް އާ ގުޅުނު ހިތަދޫ ވެލްކަމް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެވެ.

ހިތަދޫ އުތުރު ދާއިރާއިން ޕްރައިމަރީގައި ވާދަ ކުރާނީ، ނަޔާގެ އަހުމަދު ސައީދު އާއި ބޯށިވަލުގޭ، އަލީ ހުސެއިންގެ އިތުރުން ކަންޒުދޮށުގޭ، މޫސާ ދީދީ އާއި، އެންދެރިމާގޭ މުހައްމަދު ޖިނާން ޖަލީލެވެ.

p2

ހުޅުދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރަނީ ހުޅުދޫ ނޫރާނީ ވިލާ، މޫސާ ސިއްދީޤް އާއި، މީދޫ، ބަހާރުގޭ، ޒާހިރާ ނާފިޒު އާއި، މޭވާގަސްދޮށުގޭ، މުހައްމަދު ޝާހިދުގެ އިތުރުން ހުޅުމާލެ ފްލެޓް، 06-02-54 ޒުލައިހާ އަލީ އެވެ.

p4p6