ބިމް ހިއްކަން އެމްޓީސީސީން ބޭނުންކުރާ "މަހާޖައްރާފު" އަށް ވުރެ ބޮޑު ޑްރެޖަރެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ދެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކައްޗަކީ އާންމުކޮށް ރަށްރަށުގައި ހިންގާ ބަނދަރު ހެދުމާއި އެފަދަ ޕްރޮޖެކްޓްތަކަށް ބޭނުން ކުރަން ހާއްސަ އެއްޗެއް ކަމަށެވެ. އަދި ޑްރެޖަރަކީ ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެންނަ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީގެ މަހާޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގޭ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ އުޅަނދެކެވެ. މިއިން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އަލަށް ގެންނަ ދެ ޑްރެޖަރު ވެސް މި މި އަހަރުގެ ތެރޭގައި ގެނެވޭނެ އެވެ.
މަހާޖައްރާފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނައި އެއްޗެކެވެ. އެގޮތުން އެ ބޭނުންކޮށްގެން ހިއްކި ފުރަތަމަ ބިމަކީ ހދ. ކުޅުދުއްފުށީ އެއާޕޯޓް ހަދަން 2017 ގައި ހިއްކި ބިމެވެ.
މަޖާރައްފަކީ އެމްޓީސީސީން 36 މިލިއަން ޑޮލަރު ހޭދަކުރި އެއްޗެކެވެ.